twitterviber whatsapp telegramfacebookyoutube instagram
11th March 2025

ޕޮޒިޓިވްވި އަދަދު 734 އަރައިފި

May 8, 2020

މިއަދު 86 މީހަކު ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 734 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މި 86 މީހުންގެ ތެރޭގައި ހިމެނެނީ އެކްޓިވް ސާވެލަންސް ނުވަތަ ރެންޑަމްކޮށް ސާމްޕަލް ނެގި މީހުންނާއި ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅުނު މީހުންނެވެ.

އެންމެ ފަހުން ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 67 މީހަކާއި 14 ދިވެއްސަކާއި އިންޑިއާގެ ތިން މީހަކާއި ސްރީ ލަންކާގެ އެކަކު އަދި ނޭޕާލްގެ މީހެކެވެ.

މިދިޔަ ހަފްތާތެރޭގައި ރާއްޖޭން ކޮވިޑް ޖެހިގެން 3 މީހަކު މަރުވެފައިވާއިރު ބަލިން ރަނގަޅު ވެފައިވަނި އެންމެ 20 މީހުނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. މިއަދު ޕޮޒިޓިވްވި ބަންގްލަދޭޝްގެ 67 މީހުންނާ އެކު، އެ ގައުމުގެ 420 މީހަކަށް މިހާތަނަށް ވަނީ ރާއްޖެ އިން އެ ބަލި ޖެހިފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 228 އެވެ. އިންޑިއާގެ 57، ލަންކާގެ 5 މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355