twitterviber whatsapp telegramfacebookyoutube instagram
20th August 2025

މެޑްޓެކުން 18 އައިސީޔޫ ވެންޓިލޭޓަރު ގެނެސްފި

ނަބީލާ އިސްމާޢީލް
May 10, 2020
1

ކޮވިޑް-19 އާ ގުޅިގެން މެޑްޓެކް މޯލްޑިވްސްއާ ރާއްޖެ ގެންނަން ހަވާލުކުރި ރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރެއް މިއަދު ގެނެސްފި އެވެ.

އެ ވެންޓިލޭޓަރުތައް ގެނައީ ސްރީ ލަންކަން އެއާލައިންސްގެ ކާގޯ ފްލައިޓެއްގައެވެ. މި ވެންޓިލޭޓަރުތައް ގެންނަން ކުރިން ތާވަލްކުރީ މި މަހު އެއްވަނަ ދުވަހު އެވެ. 18 ވެންޓިލޭޓަރުގެ އިތުރުން ސިއްހީ ބައެއް ސާމާނު މި ފުލައިޓުން ގެނެސްފައިވެ އެވެ.

މިކަމާއި ގުޅިގެން އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 18 ވެންޓިލޭޓަރުގެ އިތުރުން މި ވަގުތަށް ކޮންމެހެން ބޭނުންވާ މެޑިކަލް ސާމާނު ވެސް މިއަދު ގެނައި ކަމަށެވެ.

ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމުގައި ލަސްތަކެއް ދިމާވެފައި ވަނީ ދަތުރުފަތުރުގެ ކަންތައް ހުރިގޮތުންނާއި ލޮކްޑައުންގެ ސަބަބުން ސަޕްލައި ރޫޓުގައި މަސައްސަލަތައް ދިމާވެ، އެ ތަކެތި އުފައްދާ ކުންފުނިތަކުގެ މަސައްކަތްތަކަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައި ވުމާއި އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިިވާ މިންވަރު އިންތިހާއަށް ބޮޑުވެފައިވުމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 790 އަށް ވަނީ އަރާފަ އެވެ. 29 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު ރާއްޖެިއން މިހާތަނަށް ބަލި ޖެހިގެން މަރުވީ ތިން މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355