twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 790 އަށް އަރައިފި

ނަބީލާ އިސްމާޢީލް
May 10, 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ދުވަހެއް ދުވަހަކަށް ގިނަވެ، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ޖުމްލަ އަދަދު 790 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ ޑޭސްބޯޑުން ހިސާބުތަކުން ދައްކާގޮތުގައި ރޭ މާލެއިން ޕޮޒިޓިވްވި 25 މީހުންނާއި އެކު އިއްޔެ އެކަނިވެސް 45 މީހުން ޕޮޒިޓިވްވެ ޖުމްލަ އަދަދު މިވަނީ 790 އަށް އަރާފަ އެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭސްގެ ރައްޔިތުންނެވެ. މި ބައްޔަށް ރާއްޖެއިން 438 ބަންގްލަދޭސް މީހުން ޕޮޒިޓިވްވެފައިވާ އިރު 259 ދިވެހިން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެހެން ގައުމުތަކުގެ 93 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 108 އަންހެނުންނާއި 682 ފިރިހެނުންނެވެ.

ރޭގެ ނިޔަލަށް 719 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 1،521 މީހުން ކަރަންޓީންގައި އެބަތިއްބެވެ.

މި ވައިރަސްޖެހިގެން މިހާތަނަށް ރާއްޖެއިން ތިން މީހުންވަނީ މަރުވެފަ އެވެ. ރާއްޖެއިން ކޮވިޑް އިން މިހާތަނަށް 29 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355