twitterviber whatsapp telegramfacebookyoutube instagram
6th September 2026

އޭޑީކޭގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

May 11, 2020

އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "އަވަސް" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ހޮސްޕިޓްލަގައި މަސައްކަތް ކުރަމުންދިޔަ 12 މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ މީހުންނަކީ ސަޕޯޓް ސްޓާފުން ކަމަށާ އެ މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީން ކަމަށްވެސް ވިދާޅުވި އެވެ.

އެ މީހުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެއްވެސް ގޮތަކަށް އެ މީހުން ބައިވެރިވެފައިނުވާނެ ކަމަށް އަފްއާލް ވިދާޅުވިއެވެ.

ޕޮޒިޓިވްވީ ބިދޭސީން ދިރިއުޅެމުން ގެންދިޔައީ ހުޅުމާލޭގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355