twitterviber whatsapp telegramfacebookyoutube instagram
17th April 2025
ADVERTISEMENT

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 897 އަށް އަރައިފި

ނަބީލާ އިސްމާޢީލް
May 12, 2020

މާލެއިން އިތުރު 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑް ރޯގާ ޖެހުނު މީހުންގެ ޖުމްލަ އަދަދު 897 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ ޕޮޒިޓިވްވި 35 މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 14 މީހެއްގެ އިތުރުން އިންޑިއާގެ 7 މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 897 އަށް އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 302 ދިވެހިންނާއި 595 ބިދޭސީންނެވެ.

ކުރިއަށް އޮތް ދެ ހަފްތާއަކީ މާލެއަށް ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވާނެ ދުވަސްވަރު ކަމަށް ކަމާއި ބެހޭ ފަރާތްތަކާއި ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

ކޮވިޑް-19 ޖެހޭ މީހުން ދުވަހެއް ދުވަހަކަށް ރާއްޖޭގައި ގިނަވަމުން އަންނަ އިރު، ރާއްޖެއިން މިބަލި ގިނައިން ޖެހެނީ ނިސްބަތުން ބިދޭސީން ނަށެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com