twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ދިވެއްސަކު ރަނގަޅުވެއްޖެ

ނަބީލާ އިސްމާޢީލް
May 13, 2020

ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު މީހަކު އެ ބަލިން ރަނގަޅުވެއްޖެކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ބަލީގައި ފަރުވާދެމުން ދިޔަ އިތުރު ދިވެއްސަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށާއި ރާއްޖޭގައި އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 32 އަށް އަރާފައިވާ ކަމަށެވެ. އެއީ ކޭސް ނަންބަރު 52 ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ޖުމުލަ 904 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އެ އަދަދު މި ދެ ހަފުތާތެރޭގައި އިތުރުވާނެ ކަމަށް ކަމާއިބެހޭ ފަރާތްތަކުންނާއި ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293