twitterviber whatsapp telegramfacebookyoutube instagram
17th June 2025

ރަށަށް ނުދެވި މާލޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުން އެހީވުމަށް ގޮވާލައިފި

May 13, 2020

ޒަރޫރީ ބޭނުންތަކަށް މާލެ ގޮސް އެނބުރު ރަށަށް ނުދެވި މާލޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ގޮވާލައްވައިފި އެވެ.

މާލެ ލޮކްޑައުން ކުރުމުން އެކި ބޭނުންތަކަށް މާލެ ގޮސް ތިބި ގިނަ ބަޔަކު ވަނީ ރަށަށް ނާދެވި މާލޭގައި ތާށިވެފައިވެ އެވެ. އެހެންވުމުގެ ސަބަބުން ގިނަ މީހުން އަތުން ފައިސާ ހުސްވެ ވަނީ ހާލުގައި ޖެހިފައި އެވެ. އަދި އެކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައި އެވެ.

މިކަމާ ގުޅިގެން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ކުރެއްވި ޕޯސްޓެގައި ވިދާޅުވީ، ރަށަށް ނާދެވި މާލޭގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ޒަކާތު ފަންޑުން ނުވަތަ ޕެންޝަން ފައިސާ އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައި އެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޒަރޫރީ ބޭނުންތަކަށް މާލެގޮސް ނާދެވި، މާލޭގައި ބަންދުވެފައި ތިބި ގިނަ ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ހާލުގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355