އިތުރު 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މި ބައްޔަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 1083 އަރައިފި އެވެ.
އެޗްޕީއޭއިން ދެންމެ ބުނީ މިރޭ 8:30 ހަމައަށް އިތުރު 5 ކޭސް ފެނިފައިވާކަމަށެވެ. އެގޭތެރޭގައި ހިމެނެނީ 4 ބަގްލަދޭޝް މީހުންނާއި ސްރީލަންކާ މީހެކެވެ.
އިއްޔެވެސް މި ބައްޔަށް 58 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 46 މީހުންނެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.
މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.