twitterviber whatsapp telegramfacebookyoutube instagram
17th July 2026

ލޮކްޑައުން އުވާލާނީ ފެންނަމުންދާ ކޭސްތައް މަދުވަމުންދާނަމަ:ޑރ. އަފްޒަލް

May 18, 2020

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ވެސް ފެނި، މާލެއިން މި ބައްޔަށް ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި މިވަނީ މިދިޔަ މަހު 15 ވަނަ ދުވަހު އެވެ. އެހާ ހިސާބުން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުން ނަގާނީ ފެންނަމުންދާ ކޭސްތަކުގެ އަދަދު މަދުވާކަމަށްވާނަމަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ވަނީ ބުނެފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ފުރަބަންދު ނަގަން ނިންމާނީ ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް މަދުވާ ކަމަށްވާނަމަ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ މިހާރު މި އޮތް 14 ދުވަހުގެ ލޮކްޑައުން މުއްދަތު ނިމިގެންދާއިރު އެއްކުރެވިފައިވާ މައުލޫމާތުން ހާލަތު އަންދާޒާ ކުރަން ފަސޭހަވާނެ ކަމަށެވެ. އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުމެއް ނިންމަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއަށް ލުޔެއް ދޭނީ އެއްފަހަރާތޯ ނޫނީ ވަކި މަރުހަލާތަކަކަށް ބަހާލައިގެންތޯވެސް މަޝްވަރާ ކުރުމަށް ފަހު އެންއީއޯސީއިން ނިންމަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 1094 އެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 4 މީހަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355