twitterviber whatsapp telegramfacebookyoutube instagram
6th September 2026

ޕޮޒިޓިވްވެފައި ހުއްޓާ ފިލި ބިދޭސީންގެ ތެރެއިން ދެ މީހުން އަދިވެސް ނުފެނޭ

May 19, 2020
1

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުއްޓައި ފިލި ހަތް މީހުންގެ ތެރެއިން ދެ މީހުން އަދިވެސް ނުފެންނަކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ޕޮޒިޓިވްވެފައި ހުއްޓާ ފިލާފައިވަނީ 7 ބިދޭސީއެކެވެ. އެތަނުން 5 މީހަކު ވަނީ ފެނިފަ އެވެ. ފިލައިގެން އުޅެނިކޮށް ހޯދި އެއް ބިދޭސީއަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދިނުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފަ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ބިދޭސިން ބައިތިއްބާ ތަންތަނުގެ ސެކިޔުރިޓީ ބަލަހައްޓަމުންދަނީ ފުލުހުން ކަމަށާއި އެތަންތަނުން ފިލޭނެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްޖެހުނު މީހުންގެ އަދަދު 1106ށް އަރާއިރު އޭގެ ތެރޭ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 562 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް 80 މީހަކު ކޮވިޑުން ރަނގަޅުވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައިހިމެނެނީ 3 ދިވެހިންނާއި 1 ބަންގުލަދޭސް މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355