twitterviber whatsapp telegramfacebookyoutube instagram
6th September 2026

ބަލި ޖެހި ރަނގަޅުވެފައިވާ މީހުން މުޖުތަމައުގެ ތެރޭގައި ތިބިތޯ ބަލަނީ

May 20, 2020

ކޮވިޑް-19 ޖެހި، މިހާރު އެ ބަލިން ރަނގަޅުވެފައިތިބި މީހުން މުޖުތަމައުގެ ތެރޭގައި ތިބިތޯ ބެލުމަށް ޓެސްޓު ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެގޮތުން ބަލިން ރަނގަޅުވެފައިތިބި މީހުން މުޖުތަމައުގެ ތެރޭގައި ތިބިތޯ ބެލުމަށް އެންމެ ފުރަތަމަ ޓެސްޓު ކުރަނީ، ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ތަންތަނުގައި ތިބި މީހުން ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވި އެވެ.

މިއަދު ވަނީ ބިދޭސީން ތިބޭ ކޮންޓެއިންމަންޓް ސައިޓްތަކުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންގެ އެންޓިބޮޑީ ޓެސްޓް ހެދުމަށް ސާމްޕަލް ނަގަން ފަށާފައެވެ.

އެންޓިބޮޑީ ނުވަތަ ލޭގެ ޓެސްޓުގައި މައިގަނޑު ގޮތެއްގައި ބަލަނީ، މީހެއްގެ ހަށިގަނޑުގައި އެ ބަލި ކުރިން ހުރިތޯ އާއި، ހުރިނަމަ، އިމިޔުނިޓީސް ނޫނީ އެ ބަލި ދިފާއުކުރުމުގެ މާއްދާތައް ހަށިގަނޑުގައި އުފެދިފައިހުރިތޯ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355