twitterviber whatsapp telegramfacebookyoutube instagram
8th May 2024

އިޖްތިމާއީ ގައިދުރުކަމުގެ ނަތީޖާ ރަނގަޅު، ގައިން ގަޔަށް އަރާ ބަލިތައް ދަށަށް!

May 20, 2020

ކޮވިޑް-19 ރާއްޖެއިން ފެނަން ފެށިފަހުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމާއި ބެހޭ ފަރާތްތަކާއި ސިއްހީ މާހިރުން ދެމުންގެންދިޔަ ނަސޭހަތަކީ އިޖްތިމާއި ގައިދުރުކަން ބެހެއްޓުމާއި ސާފުތާހިރުކަން ގިނަކުރުމެވެ. އެކަމުގެ ނަތީޖާ ވަރަށް ރަނގަޅެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެހެން އަހަރުތަކާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ގައިންގަޔަށް އަރާ ބަލިތައް ރިޕޯޓުކޮށްފައިވާ މިންވަރު ރެކޯޑު އަދަދަކަށް ދަށްވެފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެންއީއޯސީ) ން ހާމަކޮށްފިއެވެ.

އެންއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް، ގައިންގަޔަށް އަރާ އެކި ބަލިތައް މި އަހަރުގެ މިހާތަނަށް ރިޕޯޓު ކޮށްފައިވާ މިންވަރާއި އެހެން އަހަރުތަކާ އަޅާބަލާއިރު ހުރި ތަފާތު ހިއްސާ ކުރެއްވި އެވެ.

އެގޮތުން މިއަހަރުގެ މާޗު މަހުން ފެށިގެން، މިހާތަނަށް އައި އިރު، ގައިން ގަޔަށް އަރާ ބަލިތައް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. މިދިޔަ ތިން އަހަރު ވެސް މި މުއްދަތުގައި، ލިބުނު ރިޕޯޓުތަކުގެ އަދަދު ބޮޑުތަކުން ގިނައެވެ. އެކި ކަހަލަ ރޯގާތަކާއި އެ ނޫން ވެސް ބަލިތައް ފެނުނަސް އެ ބަލިތައް ރިޕޯޓުކުރި އަދަދު ވަރަށް މަދު ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ އަރިދަފުސް ރޯގާ އާއި މަދިރީގެ ސަބަބުން ފެތުރޭ ޑެންގޫ ފަދަ ބަލިތައް ވެސް މި ދުވަސްވަރު ވަރަށް ބޮޑަށް މަދު ކަަމަށެވެ. ބޭރަށް ހިންގުން ފަދަ ބަލިތައް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އާންމު ނަމަވެސް މިއަހަރު މަދުކަމަށެވެ.

މިފަދަ ރަނގަޅު ނަތީއްޖާތަކުގެ މާނައަކީ ސޯޝަލް ޑިސްޓެންސިން އާއި ބޭރުން ކެއުން މަދުކުރުމާއި ބޭރުތެރޭގައި ނޫޅުމުގެ އިތުރަށް، ސާފުތާހިރުކަމަށް އިސްކަން ދިނުމުން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355