twitterviber whatsapp telegramfacebookyoutube instagram
8th May 2024

އިތުރު 43 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

May 20, 2020

ކޮވިޑް-19 އަށް އިތުރު 43 މީހަކު މިއަދު ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 1186 އަށް އަރައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 10:00 އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 28 ބަންގްލަދޭޝް މީހަކާއި 4 އިންޑިއާ މީހެއް އަދި ނޭޕާލް މީހެއް ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،186 އަށް އަރާފައިވާއިރު، 91 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ރާއްޖޭގައި ހަތަރު މީހަކު ވަނީ މި ބަލީގައިި މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355