twitterviber whatsapp telegramfacebookyoutube instagram
12th April 2025

މަނަދޫ އިން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް

May 23, 2020

ނ. މަނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންނާއި ގުޅުންހުރި މީހުންގެ ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް ވެއްޖެ އެވެ.

މަނަމަދޫން އިތުރު ފަރުވާ އަށް މާލެ ގެނައި އުމުރުން 80 އަހަރުގެ އަންހެނަކު ވަނީ ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެ މީހާއަށް ފަރުވާދީ ބަލިން ރަނގަޅުވެފައިވަނިކޮށް އެހެން ބައްޔަކަށް ބޭސްކުރަމުން ދަނިކޮށް އިއްޔެ ވަނީ މަރުވެފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ މަނަދޫ އިން ޕޮޒިޓިވްވި ނުވަ މީހުންނާ ގުޅުންހުރި 81 ސާމްޕަލެއް ނެގި ކަމަށާއި އެ ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށެވެ.

އެ ރަށުން ނެގި ސާމްޕަލްތަކުގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި މީހުންނާ، އެެކި ގޮތްގޮތުން ދިމާވި މީހުންނާއި އެކްޓިވް ސަވައިލެންސް ސާމްޕަލްގެ އިތުރުން، ދެވަނަ ސާމްޕަލް ގޮތުގައި އަލުންނެގި ސާމްޕަލް އެވެ.

މިހާތަނަށް ރާއްޖެއިން 1274 މީހަކު ޕޮޒިޓިވްވެފައި ވާއިރު، 109 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. 11 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި މި ބަލީގައި މިހާތަނަށް ހަތަރު މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355