twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތުއްތު ކުދިން މާސްކް އެޅުވުން ރައްކާތެރިއެއް ނޫން: ޑރ. އަފްޒަލް

May 27, 2020

ދެ އަހަރުން ދަށުގެ ކުދިން މާސްކް އެޅުވުމަކީ ނުރައްކާތެރިތެރި ކަމެއް ކަމަށާއި އެ އުމުރުގެ ކުދިން މާސްކް އަޅުވައިގެން ނުވާނެ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ރޭ ނޭޝަނަލް އިމަރެޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އުމުރުން ދެ އަހަރުން ދަށުގެ ކުދިން މާސްކް އެޅުވުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށާއި، އެކުދިންނަށް މާކްސް ނައްޓަން ނޭނގޭނެ ކަމަށެވެ. އަދި ދެ އަހަރުން ދަށުގެ ކުދިން މާސްކް ނޭޅުވުމަށް ޑރ. އަފްްޒަލް އިލްތިމާސްކުރެއްވިއެވެ.

ޑރ. އިތުރަށް ވިދާޅުވީ ކުޑަ ކުދިންގެ އިތުރުން އަމިއްލައަށް މާސްކް ނުނެއްޓޭ ހާލަތުގައި ތިބި މީހުން މާސްކް އެޅުމެއް ނޯންނާނެ ކަމަށެވެ. އެމީހުންގެ ރައްކާތެރިކަމަށްޓަކައި މާސްކް އަޅަންޖެހޭނީ އެހެން މީހުން ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މާސްކުން ރަނގަޅަށް އަނގަޔާއި ނޭފަތް ނިވާވާން ޖެހޭނެ ކަމަށާއި ކަންފަތުގައި އަޅުވާލެވޭނެ ލޫޕު ނުވަތަ ފަހަތުން އައްސާލެވޭނެ ގޮތަށް ހުންނަން ޖެހޭނެ ކަމަށެވެ. މާސްކްގައި މަދުވެގެން 2 ނުވަތަ 3 ލޭޔާރ ހުންނަން ޖެހޭނެ ކަމަށާއި މާސްކް ހަދާފައި ހުންނަ ފޮއްވަކީ ފައްސޭހައިން ތެމޭ ގޮތަށް ހަދާފައި ހުންނަފޮއްޗަށް ވެގެން ނުވާނެ ކަމަވެސް ޑޮކްޓަރ ފާހަގަ ކުރެއްވި އެވެ.

އަދި މާސްކް ނަގާއިރުވެސް ހާއްސަ ސަމާލު ކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން މާސްކް ނަގާއިރު، މޫނުގައި އަތްލައިގެން ނުވާނެ ކަމަށާއި، މާސްކް ނެގުމަށްފަހު ރަނގަޅަށް އަތް ދޮންނަން ޖެހޭ ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355