twitterviber whatsapp telegramfacebookyoutube instagram
25th March 2026

ޕޮޒިޓިވްވި މީހުންގެ ޖުމްލަ 1591 އަށް އަރައިފި

ނަބީލާ އިސްމާޢީލް
May 30, 2020

ކޮވިޑް-19 އަށް އިތުރު 44 މީހުން ޕޮޒިޓިވްވެ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 1591 އަށް އަރައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރޭގެ 3:30 އާއި ހަމައަށް އާ 44 ކޭސް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދީވެހީންނާއި 29 ބަންގުލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ 2 މީހުން ކަމަށެވެ.

ރޭގެ އިރާކޮޅު ވެސް އެޕީއޭއިން 34 މީހަކު ޕޮޒިޓިވްވި ކަމަށް ވަނީ ބުނެފަ އެވެ. އެއާ އެކު އިއްޔެ މުޅިޖުމްލަ 78 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލް ވަމުންދާތީ އެންއީއޯސީއިން ވަނީ މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ލުއިތަކެއް ދީފަ އެވެ.

ރާއްޖެއިން މިހާތަނަށް 1591 މީހަކަށް މި ބަލި ޖެހުފައިވާއިރު 242 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާތަނަށް ރާއްޖެއިން 5 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355