twitterviber whatsapp telegramfacebookyoutube instagram
26th May 2026

ލަންކާ އާއި މެލޭޝިޔާގައި ކިޔަވާ ދަރިވަރުން އަނބުރާ އެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަނީ

ނަބީލާ އިސްމާޢީލް
Jun 10, 2020

ރާއްޖެ އައި ސްރީލަންކާ އަދި މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުން އެ ގައުމުތަކަށް ދެވޭނެ ގޮތް މަގުފަހިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު ވިދާޅުވީ ލަންކާ އާއި މެލޭޝިއާގެ ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައް ހުޅުވަން ތައްޔާރުވަމުންދާއިރު އެ ގައުމުތަކުގައި ކިޔަވާ އެހެން ގައުމުތަކުގެ ދަރިވަރުން އަނބުރާ ދިޔުމުގެ އެއްވެސް އުސޫލެއް އެ ގައުމުތަކުން އަދި އެކުލަވާލާފައި ނުވާ ކަމަށެވެ.

ކޮވިޑް ގެ ސަބަބުން ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުން ކިޔެވުން ފެށެންވާއިރަށް އެނބުރި އެގައުމުތަކަށް ދިޔުމުގެ ކަންތައް ހަމަޖެއްސުމަށް އެ ގައުމުތަކުގެ ސަރުކާރާ ގުޅިގެން ފޮރިން މިނިސްޓްރީ އިން މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކު ރޭ ވިދާޅުވިއެވެ.

އެ ދެގައުމުގައި ކޮވިޑް-19 ކޮންޓްރޯލުވަމުން އަންނާތީ މިހާރު ވަނީ ލޮކްޑައުންގެ އުސޫލުތައް ލުއިކުރަން ފަށައިފައެވެ.

ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ސްކޫލުތަކުގައި ކިޔެވުން ފެށުމަށް ތައްޔާރުވުމަށް އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355