twitterviber whatsapp telegramfacebookyoutube instagram
14th October 2025

ހޯމަ ދުވަހުން ފެށިގެން ބަލިނެތް ރަށްތަކުގެ މެދުގައި ދަތުރުކުރެވޭނެ

ނަބީލާ އިސްމާޢީލް
Jun 13, 2020

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނުހޯދައި ބަލީގެ އަސަރުނެތް ރަށްތަކުގެ މެދުގައި ދަތުރު ކުރެވޭނެ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)އިން ބުނެފި އެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޮކްޑައުންގެ އުސޫލިތަކަށް ދެވޭ ލުއިތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން ކޮވިޑް ނެތް ރަށްތަކުގެ މެދުގައި ދަތުރު ކުރެވޭނެ ކަމަށެވެ.

މާލެއިން ކޮވިޑް-19ގެ ކޭސްތައް އަދިވެސް ފެންނަމުންދާތީ މާލެއަށް އަންނަން ބޭނުންވާ ފަރާތްތަކާއި މާލެއިން ރަށްރަށް ދާން ބޭނުންވާ ފަރާތްތަކުން އަމަލު ކުރަންޖެހޭނީ މިހާރުވެސް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް ޝައިނާ ވިދާޅުވިއެވެ.

މާލޭގައި ތާށިވެފައި ތިބި މީހުންނަށް މިހާރު އަމިއްލަ ރަަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީންވެވޭނެ އުސޫލެއްވަނީ އެޗްޕީއޭއިން ހަމަޖައްސައިދީފަ އެވެ. މި އުސޫލުގައި ބުނެފައިވަނީ މާލޭގައި ލޮކްޑައުންވެފައިވާ ފަރާތްތައް އެނބުރި ރަށަށް ދިއުމަށްފަހު، ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 24 ދުވަހަށް ކަމަށެވެ.

މީގެ އިތުރުން ކޮވިޑް ނެތް ރަށްތަކުގެ މެދުގައި ދަތުރުކުރެވުމުގެ ހުއްދަ ދެވުމާއި އެކު ޑޮމެސްޓިކް އެއަރޕޯޓުތައް ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355