twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ހޯމް ކަރަންޓީން ކުރާ މީހުން 14 ދުވަސްފަހުން ޓެސްޓް ކުރަނީ

ނަބީލާ އިސްމާޢީލް
Jun 15, 2020

ހޯމް ކަރަންޓީންވާތާ 14 ދުވަސްފަހުން ޕީސީއާރު ޓެސްޓްކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން މާލޭ ސަރަހައްދުގެ ލޮކްޑައުންއާ ގުޅިގެން ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީން ވުމަށްފަހު އަދި ބޭރުން އަންނަ ބޭނުން މީހުން 24 ދުވަސް ވަންދެން ގޭގައި ކަރަންޓިންވާން ޖެހެއެވެ.

ނަމަވެސް ޓެގް ޓީމްގެ އެ ނިންމުން މިހާރު ވަނީ ބަދަލުކޮށްފައެވެ. ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން 24 ދުވަހު ކަރަންޓީންގައި ތިބެން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް މިހާރު ނިންމާފައިވަނީ 14 ދުވަސް ވުމުން ޕީސީއާރު ޓެސްޓް ހަދާނެކަމަށާއި، ޕީސީއާރު ޓެސްޓް ނެގެޓިވްވުމުން އެމީހަކު ދޫކޮށްމަށް ކަމަށް މަބުރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިހާރުގެ ތަޖުރިބާއަށް ބަލާއިިރު އެފަރާތްތަކުގެ ސާމްޕަލް ނެގޭނެ ކަމަށް އަންދާޒާ ކުރެވެނީ ކަރަންޓީނު ކުރާތާ 15 ވަނަ ދުވަހު ކަމަށެވެ. އަދި 15 ވަނަ ދުވަހު ނަގާ ސާމްޕަލްގެ ނަތީޖާތައް 18 ވަނަ ދުވަހު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުން ނަގާ ސާމްޕަލްތައް ޓެސްޓުކުރަން ޖެހޭ އިރު މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ލަސްތަކެއް އައުން އެކަށީގެންވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

ކަރަންޓީން ކުރާގޭގައި ހުންނަން ޖެހޭ ޝަރުތުތައް މީގެ ކުރިން އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ. ކަރަންޓީން ކުރަން އެދޭ ގޭގައި ޝަރުތު ހަމަ ނުވާނަމަ އަދިވެސް ކަރަންޓީން ކުރާނީ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީ ތަކުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355