twitterviber whatsapp telegramfacebookyoutube instagram
23rd October 2026

1300 އަށްވުރެން ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ

ނަބީލާ އިސްމާޢީލް
Jun 15, 2020

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 2035 އަށް އަރާފައިވާއިރު އޭގެ ތެރެއިން 1311 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން ރޭ ބުނީ އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހިންނާއި 13 ބިދޭސީން ކަމަށެވެ. އެއީ ބަންގްލަދޭޝްގެ ނުވަ މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހަކާއި ތައިލެންޑް މީހެކެވެ. މި 22 މީހުންނާއެކު ރާއްޖޭގެ ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 2,035 އަށް އަރާފައެވެ.

1300 އަށްވުރެން ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ

ނަމަވެސް ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު އިއްޔެވެސް ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން 94 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެއީ އެ ބައްޔަށް ޕޮޒިޓިވްވި 64.42 ޕަސެންޓް މީހުންނެވެ.

މިހާތަނަށް ރާއްޖެއިން 1311 މީހުން ބަލިން ރަނގަޅުވެފައިވާއިރު މި ވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 714 މީހުންނެވެ. އޭގެ ތެރެއިން 9 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމެޓްކޮށްގެނެވެ.

މިއަދަށް ރާއްޖެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވި ފަހުން 100 ދުވަސް ހަމަވާއިރު މިހާތަނަށް ރާއްޖެއިން މި ބަލީގައި 8 މީހަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293