twitterviber whatsapp telegramfacebookyoutube instagram
6th September 2026

17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އިތުރު 9 މީހަކު ރަނގަޅު ވެއްޖެ

Jun 25, 2020

މިއަދު އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި ބައްޔަށް ފަރުވާ ދެމުން ދިޔަ އިތުރު 9 މީހަކު ރަނގަޅު ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,277 އަށް އަރާފަ އެވެ.

މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަގްލަދޭޝްގެ 10 މީހުންނެވެ. އަދި މިއަދު ރަނގަޅުވި 9 މީހުންނާއިއެކު މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،848 އަށް އަރާފަ އެވެ.

މިވަގުތު ފަރުވާގައި ތިބީ 416 މީހުންނެވެ. އަދި އައިސޮލޭޝަންގައި 315 މީހުން ތިބި އިރު ކަރަންޓީންގައި ތިބީ 219 މީހުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355