twitterviber whatsapp telegramfacebookyoutube instagram
2nd June 2026

މިއަދު 12 މިހަކު ރަނގަޅުވެ، އިތުރު 22 މީހުން ޕޮޒިޓިވް ވެއްޖެ

Jun 27, 2020

މިއަދު އިތުރު 22 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ފަރުވާ ހޯދަމުން ދިޔަ 12 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,305 އަށް އަރާފަ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 850 ޓެސްޓެއް ކޮށްފައިވާ ކަމަށާއި އެތަނުން ޕޮޒިޓިވްވީ 22 ސާމްޕަލް ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 14 ބަގްލަދޭޝް މީހުންނާއި 4 ދިވެހިން އަދި ލަންކާގެ 4 މީހުންނެވެ.

ކޮވިޑް ބަލިން މިއަދު ރަނގަޅުވީ 12 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،875 އަރާފައެވެ. މިވަގުތު ފަރުވާގައި ތިބީ 414 މީހުންނެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 310 މީހުންނެވެ. ކަރަންޓީންގައި ތިބީ 220 މީހުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355