twitterviber whatsapp telegramfacebookyoutube instagram
13th January 2026

މިއަދު 64 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

Jul 10, 2020

މިއަދު ކޮވިޑަށް 64 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިއީ ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,617 އަށް އަރާފަ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 947 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 64 މީހުން ކަމަށެވެ. އެއީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހުންނާއި އިންޑިއާ ދެ މީހުން އަދި ނޭޕަލް މީހެކެވެ.

މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 11 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،238 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 361 މީހުންނެވެ.

ކޮވިޑަށް 59،981 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 13 މީހަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355