twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ފެމިލީ ކޯޓުގެ ދެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

Jul 10, 2020

ފެމިލީ ކޯޓުގެ ދެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މި ދެ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ފެމިލީ ކޯޓްގެ ބަޖެޓާ ބެހޭ ބައިގައި މަސައްކަތް ކުރާ މީހަކާއި އެ ކޯޓްގެ މަސައްކަތު މީހެކެވެ.

މިއަދު އެކަނިވެސް ކޮވިޑަށް ވަނީ 64 މީހުން ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,617 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 11 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،238 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 361 މީހުންނެވެ.

ކޮވިޑަށް 59،530 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 13 މީހަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293