twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރާއްޖޭން ބޭރުން އަންނަ މީހުން ކަރަންޓީން ވާންޖެހޭ ގޮތަށް އިސްލާހު ބަދަލުކޮށްފި

ޚަދީޖާ އާދަމް
Jul 19, 2020

ކޮވިޑް19ގެ ހާލަތުގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ޕާމިޓްގައި އަންނަ މީހުން އަދި އެމީހުންގެ ޑިޕެންޑެންޓުން މާލެ އައިސް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށް ކަނޑައަޅައިފި އެވެ.

މީގެ ކުރިން މިމަހުގެ 14 ވަނަ ދުވަހު އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލު ބުނާގޮތުން، ރާއްޖެއިން ބޭރުން އައިސް މާލޭގައި ތިބޭ މީހުންގެ ތެރެއިން ދިވެހިންނާއި ވޯކް ވިސާ އޮންނަ މީހުން އަދި އެމީހުންގެ ޑިޕެންޑެންޓުން ހޯމް ކަރަންޓީނުގައި ތިބުމަކީ ރައްކާތެރިކަމުގެ ގޮތުން ކުރުން ބޭނުން ކަމެކެވެ. އޭރު، ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން މާލޭގައި ތިބޭ މީހުން ހޯމް ކަރަންޓީނުވުން ލާޒިމެއް ނޫނެވެ.

އެޗްޕީއޭ އިން މިއދު ވަނީ ގޭގައި ކަރަންޓީނުވުމުގެ އުސޫލު އިސްލާހުކޮށް އާންމުކޮށްފަ އެވެ. އެ އިސްލާހުގައި ބުނާގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާ އޮންނަ މީހުން އަދި އެމީހުންގެ ޑިޕެންޑެންޓުން ހާލު ބެލުން ޕޯޓަލްގައި ރެޖިސްޓްރީ ވާން ޖެހޭނެ އެވެ.

އަދި ޕޯޓަލް މެދުވެރިކޮށް ކަރަންޓީނުވުމަށް އެދެން ޖެހޭނެ ކަމަށާއި އެމީހެއް އަމިއްލަ އަށް ކަނޑައަޅާތަނެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ ކަމަށެވެ.

މާލޭގައި ކަރަންޓީނު ކުރުމުގެ އުސޫލު ހަރުކަށިކޮށްފައި މިވަނީ ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ގައި ހުޅުވާލާ، ބޭރުގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ މަގު ފަހިވެފައި ވަނިކޮށެވެ.

މާލެ ފިޔަވައި އެހެން ރަށްރަށަށް ކަރަންޓީނަށް ދިޔުމުގެ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355