twitterviber whatsapp telegramfacebookyoutube instagram
13th January 2026

ކޮވިޑަށް އިތުރު 36 މީހުން ޕޮޒިޓިވް ވެއްޖެ

ޚަދީޖާ އާދަމް
Jul 19, 2020

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 36 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 2,966 އަށް އަރާފަ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 236 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހަކާއި އިންޑިއާ ދެ މީހުން ކަމަށެވެ.

މިއަދު ބަލިން ރަނގަޅުވީ 8 މީހުންނެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 546 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 433 މީހުންނެވެ. ކަރަންޓީންގައި ތިބީ 21 މީހުންނެވެ. ރާއްޖޭގައި މި ބަލި ޖެހިގެން މިހާތަނަށް 15 މީހަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355