twitterviber whatsapp telegramfacebookyoutube instagram
6th September 2026

ހިތާދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޚަދީޖާ އާދަމް
Jul 22, 2020

ބ. ހިތާދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޮޒިޓިވްވި މީހާ އަކީ މިމަހުގެ ހަތްވަނަ ދުވަހު މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

"ސަން" އަށް ދިން އިންޓަވިއުއެއްގައި އެރަށު ކައުންސިލްގެ މެންބަރު މުހައްމަދު ހަސަން ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ސާމްޕަލް ނެގީ މީގެ ދެ ދުވަސް ކުރިން ކަމަށާއި ނަތީޖާ ލިބުނީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހާއާއެކު އެއް ގެޔެއްގައި އިތުރު ފަސް މީހަކު ކަރަންޓީނުގައި ތިބި ކަމަށާއި އެމީހުން ޓެސްޓް ނަތީޖާ ނެގެޓިވް ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާގެ ފަރާތުން ބަލީގެ އެއްވެސް ނިޝާނެއްވެސް ނުފެންނަ ކަމަށެވެ. ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވުމުން އޭނާ ޢާއެކު ގޭގައި ތިބި އަނެއް ފަސްމީހުންވެސް އިތުރު 14 ދުވަހަށް ކަރަންޓީނު ވުމަށް މިހާރު އަންގާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މާލެއިން ރަށްރަށަށް ދާ މީހުންނަށް ރަށުތެރެއަށް ނިކުމެވެނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ކޮވިޑް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355