twitterviber whatsapp telegramfacebookyoutube instagram
18th July 2026

އެޑްމިޓްކޮށްގެން ފަރުވާހޯދާ މީހުންގެ އަދަދު މައްޗަށް

ނަބީލާ އިސްމާޢީލް
Jul 28, 2020

އިއްޔެ އިރުއޮއްސުމާއި ހަމައަށް ރާއްޖެއިން ކޮވިޑަށް އިތުރު 67 މީހަކު ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު 3369 އަށް އިތުރުވެފައިވާއިރު 62 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޑްކޮށްގެން ފަރުވާދެމުންނެވެ.

ރާއްޖެއިން ކޮވިޑްޖެހުނު މީހުންގެތެރެއިން 2528 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފަ އެވެ. ބައްޔަށް މި ވަގުތު ފަރުވާ ހޯދަމުން އަންނަނީ 744 މީހެކެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ދިން ލުއިތަކާއިއެކު ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. ކުރިން ގިނައަދަދެއްގެ ބިދޭސީން ޕޮޒިޓިވްވި ނަމަވެސް މިހާރު ނިސްބަތުން ގިނައީ ޕޮޒިޓިވް ދިވެހިންނެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ކޮވިޑް ޑޭޝްބޯޑުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 1488 ދިވެހިން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 15 މީހަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355