twitterviber whatsapp telegramfacebookyoutube instagram
4th July 2025
ADVERTISEMENT

ރެކޯޑު އަދަދެއް، މިއަދު 152 މީހުން ޕޮޒިޓިވް ވެއްޖެ

ޚަދީޖާ އާދަމް
Jul 30, 2020

މިއަދު 152 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ފެތުރުން ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 1490 މީހެއްގެ ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 152 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި ބަންގްލަދޭޝްގެ 54 މީހަކާއި އިންޑިއާގެ ފަސް މީހެއްގެ އިތުރުން ސްރީލަންކާގެ ހަތަރު މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅުތެރެއިން 10 މީހަކުވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހއ ކެލާއިން ޕޮޒިޓިވްވީ ނުވަ މީހަކު ހިމެނެއެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,719 އަށް އަރާފައެވެ.

ކޮވިޑްގައި ރާއްޖެއިން 16 މީހަކު ވަނީ މަރުވެފައެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދުއެވެ. މިއަދު މަރުވެފައި ވަނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 14 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،568 އެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. މިއީ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com