twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ދިއްދޫގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި

ޚަދީޖާ އާދަމް
Jul 31, 2020

ސަވާރީ ބޯޓު ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން މިރޭ ފަތިސް ނަމާދުން ފެެށިގެން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ހއ.ދިއްދޫ ކައުންސިލުން ނިންމައިފި އެވެ.

އެރަށު ކައުންސިލުން މިރޭ ނެރުނު އިއުލާނެގައި ބުނެފައިވަނީ އެގޮތަށް ނިންމީ ހއ.ކެލާ ސަވާރީ ބޯޓުގެ ފަޅުވެރިން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ބޯޓުގެ ފަޅުވެރިންނައި ދިއްދޫގެ ގިނަ ބަޔަކު ކޮންޓެކްޓް ވެފައިވާތީ، އެޗްޕީއޭއިން އެރަށް 30 ޖުލައި 2020 ފެށިގެން މޮނީޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ކަަމަށެވެ.

އަދި އެބޯޓުގެ ފަޅުވެރިއަކާ ދިމާވެފައިވާ ފަރާތްތަކުން އެކަން އެންގުމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މޮނީޓަރިންގެ ހާލަތުގައި ގެއިން ބޭރަށް ދާއިރު މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަކަށާއި ޒަރޫރީ ބޭނުމެއްގައި މެނުވީ ކުޑަކުދިންނައި، ދުވަސްވީ މީހުން ގެއިން ނުނިކުތުމަށާއި، އެއްވުންތަކާއި، ކުޅިވަރުގެ ހަރަކާތްތައް ނުބޭއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ގިނަގިނައިން އަތްދޮވެ، އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުތައް ބެހެއްޓުމަށްވެސް ވަނީ އެދިފައެެވެ.

ސަވާރީ ބޯޓު ކޭސްއާއި ގުޅިގެން ދިއްދޫގެ އިތުރުން އެ އަތޮޅު ވަށަފަރު އަދި ހދ.ނޮޅިވަރަންފަރު ވެސް ވަނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މީގެ އިތުން މިކޭސްއާއި ގުޅުން ހުރި 9 މީހަކު ޕޮޒިޓިވްވެފައި ވާއިރު އެމީހުން މިވަގުތު ތިބީ ކަަރަންޓީނުގައެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293