twitterviber whatsapp telegramfacebookyoutube instagram
18th July 2026

ހދ އަތޮޅުން މޮނީޓަރިންނަށް ލީ 3 ރަށުން 65 މީހުން ކަރަންޓީންގައި

ޚަދީޖާ އާދަމް
Aug 5, 2020

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ބަޔަކު ފެނިގެން އެންމެ ފަހުން މޮނީޓަރިންގެ ހާލަތަށް ގެނައި ހދ އަތޮޅުގެ ނޮޅިވަރަމާއި މަކުނުދޫ އަދި ފިނޭ މިހާތަނަށް އެ ތިން ރަށުން ޖުމްލަ 65 މީހަކު ކަރަންޓީން ކޮށްފިއެވެ.

މިއީ މިހާތަނަށް މި 3 ރަށުން ކޮންޓެކްޓް ޓްރޭސިން ފާހަގަ ވެފައިވާ ފަރާތްތަކެވެ. މިރޭ މި ތިން ރަށް ވަނީ މޮނީޓަރިންގެ ހާލަތުން އުވާލާފައެވެ. އެޗްޕީއޭއިން މި ތިންރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހު މެންދުރު ފަހުގެ 3:30 އެހާއިރު އެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަސީމް ވިދާޅުވީ އެންމެ ގިނަ މީހުން ކަރަންޓީނުގައި ތިބީ މަކުނުދޫގައި ކަމަށާއި އެއީ 40 މީހުންނެވެ. ނޮޅިވަރަމްގައި 21 މީހުން ކަރަންޓީން ކޮށްފައިވާއިރު ފިނޭ ގައި ތިބީ 4 މީހުންކަމަށް ވަސީމް ވިދާޅުވި އެވެ. މި ރަށްތަކަށް މިވަގުތު ވަނީ ފެރީގެ ހިދުމަތްވެސް ކަނޑާލާފައެވެ.

މީގެ އިތުރުން ނޮޅިވަރަމްފަރުންވެސް 39 މީހަކު ކަރަންޓީން ކޮށްފައި ވާކަމަށް ނަސީމް ވިދާޅުވި އެވެ. ނަމަވެސް މި ވަގުތު އެރަށްވެސް އޮތީ މޮނީޓަރިންގެ ހާލަތުން އުވާލާފަ އެވެ.

އުތުރުގެ ބައެއް ރަށްތަކުގެ ތެރެއިން މާލެއާ ދެމެދު ދުއްވާ މުދާ އުފުލާ ބޯޓުތަކުގެ ފަޅުވެރިން ޕޮޒިޓިވްވެ ރަށްތަކަށް ބަލި ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355