ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ބާސެލޯނާއާއި ބަޔާން ހޯދައިފި އެވެ.
ރޭ ނަޕޯލީ ބައްދަލު ކުރި މެޗުން ބާސެލޯނާ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކުރީ 1-3 ނަތީޖާއަކުންނެވެ. މި ދެ ޓީމު ނޭޕަލްސްގައި ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މެޗުގައި ކާމިޔާބު ކުރި ހަތަރު ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.
އަމިއްލަ ދަނޑުގައި ހޯދި މޮޅާ އެކު ބާސެލޯނާ ފުރުސަތު ހޯދީ 4-2 ގެ އެގްރިގޭޓުންނެވެ. ނޭޕްލްސްގައި ކުޅުނު މެޗު 1-1 އިން އެއްވަރުވީ އެވެ.
ޗެލްސީ ކުއާޓާ ފައިނަލަށް ދިޔައީ ރޭގެ މެޗުން ޗެލްސީއަތުން 1-4 ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ހަތަރު މަސް ކުރިން ކުޅުނު ފުރަތަމަ ލެގު މެޗުން ވެސް ބަޔާން އޮތީ ކްއާޓާ ފައިނަލަށް ދިއުމުން ބޮޑު ޔަގީން ކަމެއް ލިބިފަ އެވެ. ބަޔާނުން އަމިއްލަ ދަނޑުގައި މޮޅުވެ ޖާގަ ހޯދީ 7-1 ގެ އެގްރިގޭޓުންނެވެ. ލަންޑަނުގައި ކުޅުނު މެޗު ބަޔާން ކާމިޔާބުކުރީ 3-0 އިންނެވެ.
ކުއާޓާ ފައިނަލުގައި ބާސެލޯނާ ބައްދަލުކުރަން ޖެހޭނީ ބަޔާންއާ އެވެ. ބުދަ ދުވަހު ފަށާ ކްއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައ ވާދަ ކުރާނީ އެޓަލާންޓާ އާއި ޕީއެސްޖީ އެވެ.