twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ހޮސްޕިޓަލްގައި ފަރުވާ ދޭ މީހުންގެ އަދަދު 150 އަށް

ޚަދީޖާ އާދަމް
Aug 13, 2020

ކޮވިޑް-19 އަށް އިއްޔެވެސް 143 މީހުން ޕޮޒިޓިވްވެފައިވާއިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މިވަނީ 150 އަރާފައެވެ.

87 ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންނާއި ބަންގްލަދޭޝްގެ 40 މީހުންނާއި އިންޑިއާގެ 10 މީހަކާއި ނޭޕާލްގެ ތިން މީހަކާއި ލަންކާގެ ދެ މީހެއްގެ އިތުރުން މިސްރު މީހެއް ހިމެނޭ ކަމަށެވެ.

އަލަށް ފެނުނު ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 5،366 އަރާފަ އެވެ. މިވަގުތު ބަލިޖެހިގެން ފަރުވާ ދެމުން އަންނަނީ 2،461 މީހުންނަށެވެ.

ރާއްޖޭން ބަލިން ރަނގަޅުވި މީހުންގެ އަދަދު 2،884 އަރާފައިވާއިރު އިއްޔެ ބަލިން ރަނގަޅުވެފައިވަނީ 88 މީހުންނެވެ.

މާލޭގެ އިތުރުން މީހުން ދިރިއުޅޭ އިތުރު 13 ރަށަކުން ކޮވިޑްގެ ބަލި މީހުން ފެނިފައި ވެ އެވެ. އެއީ ހދ. ނައިވާދޫ، ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. މާފުށި، ވ. ފުލިދޫ، ފުވައްމުލަކު އަދި ސ. ފޭދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293