twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަމިއްލަ ފަރާތްތަކުން ނެއްލައިދޫގައި ކަރަންޓީން ފެސިލިޓީއެއް ތަރައްގީކޮށް ކައުންސިލާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 24, 2020
2

ހދ ނެއްލައިދޫގައި ހުންނަ "އެދުރުވެހި" އިމާރާތުގެ ބޮޑު މަރާމާތެއްކޮށް، އެތަން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށްފަހު މިއަދު ކައުންސިލާ ހަވާލުކޮށްފި އެވެ.

ރައްޔިތު އިމާރާތެއްގެ ގޮތުގައި ހުރި އެދުރުވެހި އިމާރާތް ވަނީ ވީރާނާވާން ދޫކޮށްލާފައި އެވެ. އެހެން ހުއްޓާ އެރަށުގެ އަމިއްލަ ކުންފުންޏެއްކަމަށްވާ އައިސެވަން ކޮންސްޓްރަކްޝަން ކޮމްޕެނީންގެ ސީއެސްއާރުގެ ދަށުން އެތަން މިވަނީ ވަރަށް ބޮޑަށް މަރާމާތުކޮށް ނިންމާލާފައި އެވެ.

ނެއްލައިދޫ ކައުންސިލުން ހާމަކުރާގޮތުގައި ތިން ކޮޓަރީ އާއެކު ބަދި ހިމެނޭގޮތަށް ހުރި މި އިމާރާތުގައި ބޭނުންކުރަން ތައްޔާރުކޮށްފައިވަނީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އެވެ. އައިސެވަން ކުންފުނިން އެތަން ނިންމާ މިއަދު ވަނީ ކައުންސިލާ ހަވާލުކޮށްފައި އެވެ. ކުންފުނީގެ ފަރާތުން އެތަން ކައުންސިލާ ހަވާލުކޮށްދެއްވީ ޑިރެކްޓަރު އަހުމަދު ސަމްއޫނެވެ. ކައުންސިލްގެ ފަރާތުން އިމާރާތާ ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އިބުރާހިމް ނާޒިމެވެ.

އިމާރާތުގައި ކޮށްފައިވާ މަރާމާތުތަކަށް ބަލާއިރު އިމަރާމާތުގެތެރޭގައި އިމާރާތުގެ ސީވޭޖު އަދި ފެންހިންދާ ނިޒާމު އަލުން ގާއިމުކުރުމާއި، އިމާރާތުގެ ފުރާޅު މަރާމާތުކުރުމާއި، ސީލިންގ މަރާމާތުކުރުމާއި، މުޅި އިމާރާތުގައި ކުލައާއި ވޯލްސީލްލުމާއި، އިމާރާތުގެ ދޮރުތައް މަރާމާތުކުރުމާއި، ތިން ކޮޓަރީގެ ފާހާނާ ސެޓް ބަދަލުކުރުމާއި، އިމާރާތުގެ ފެން ވައިރިންގ ރަގަނޅުކޮށް ފެން މޯޓަރއެއް ހަރުކުރުމުގެ އިތުރުން ކަރަންޓް ވައިރިންގ އަޅައި ޑީބޯޑް ހަރުކުރުމުގެ މަސައްކަތްކޮށްފައިވެ އެވެ.

އަދި މީގެ ދަށުން އެކުންފުނިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާނެ ބައެއް ތަކެތިވެސް ވަނީ ކައުންސިލަށް ހަދިޔާކޮށްފައި އެވެ. އޭގޮތުން ފޮގް މެޝިނަކާއި، ޑިސްއިންފެކްޓް ކުރާ މެޝިނާއި އެއަށް ބޭނުންވާ ކެމިކަލް، ޔޫވީޑިޝްއިންފެކްޝަން މެޝިނަކާއި އެއަށް ބޭނުންވާ ކެމިކަލް، ސެނެޓައިޒަރ، މާސްކް، 05 ފުލްބޮޑީ ޕީޕީއީ އަދި ފޯހެޑް ތަމޯމީޓަރއެއް ހަދިޔާކޮށްފައިވެ އެވެ.

އައިސެވަން އިން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އެ އިމާރާތް މަރާމާތުކޮށް ކައުންސިލާ ހަވާލުކުރުމުން ރަށުގެ އެމަޖެންސީ އޮފަރޭޝަން ސެންޓަރުން ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބިގެންދާނޭކަމަށް ކައުންސިލުން ދެކެވެ އެވެ. އަދި މިފަދަ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީމަ އެ ކުންފުންޏަށް ކައުންސިލުން ވަނީ ޝުކުރުއަދާކުރައްވާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355