twitterviber whatsapp telegramfacebookyoutube instagram
18th July 2026

ކޮވިޑް ޖެހިގެން ރާއްޖޭން މަރުވި މީހުންގެ އަދަދު 27 އަށް

ޚަދީޖާ އާދަމް
Aug 24, 2020

ކޮވިޑް-19 ޖެހިގެން މިއަދުވެސް ރާއްޖެއިން އުމުރުން 79 އަހަރުގެ މީހަކު މަރުވެއްޖެ އެވެ. މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި ދިގުމުއްދަށް ފަރުވާ ހޯދާ ބައްޔަށް ބޭސްކުރާ މީހުންވެސް ހިމެނެ އެވެ.

އެޗްޕީއޭއިން ބުނީ ރޭ ދަންވަރު އައިޖީއެމްއެޗް އެމަޖެންސީގައި އެޑްމިޓްކުރި 79 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށާއި އެއީ ކޮވިޑް-19ގައި ރާއްޖެއިން މަރުވި 27 ވަނަ މީހާ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން 6779 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެތެރެއިން 2531 މީހަކަށް މިވަގުތު ދަނީ ފަރުވާދެމުންނެވެ.

ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ޑޮކްޓަރުން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިތުރަށް ކޮވިޑް ފެތުރެމުންދާ ނަމަ ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އަދި މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގައި އެޑްމިޓްކުރާނެ އެނދު ނެތް ހާލަތަށް ގޮސް ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުން ނެތް ހާލަތަށް ގޮސްދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355