twitterviber whatsapp telegramfacebookyoutube instagram
18th July 2026

ކޮވިޑް ޖެހިގެން އިތުރު މީހަކު މިއަދު މަރުވެއްޖެ

ޚަދީޖާ އާދަމް
Aug 25, 2020

ކޮވިޑަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.

މިއަދު މަރުވި މީހާއާ އެކު ކޮވިޑް19ގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު 28 އަށް އެރީ އެވެ. އޭޗުޕީއޭ އިން މިއަދު ބުނީ ރޭ ފަތިހު 5:11ގައި މަރުވީ 73 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހާ މަރުވީ ފަތިސް ނަމާށް ހުއްޓައި ވެއްޓިގެން ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއާ އެކު އޭނާގެ އަންހެނުން ވެސް އަންނަނީ އެ ތަނުގައި ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.

ކޮވިޑް ޖެހިގެން އުމުރުން 27 އަހަރުގެ ޒުވާނަކު ވެސް އަންނަނީ އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ. އަދި ވެންޓިލޭޓަރުގައި ވެސް ފަސް މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑަށް 6،779 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ 3،395 މީހުން ހިމެނޭ ކަމަށް އެޗްޕީއޭ އިން މިހާތަނަށް ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 2،589 ފިރިހެނުންނާއި 806 އަންހެނުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355