twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 192 އަށް

ޚަދީޖާ އާދަމް
Aug 29, 2020

ރާއްޖޭން ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު 192 އަށް އަރައިފި އެވެ.

މިދިޔަ 3 ދުވަސްތެރޭގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަަދަދު ވަނީ ނިސްބަތުން އިތުރު ވެފައެވެ. އެގޮތުން މިމަހު 26 ވަނަ ދުވަހު އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހުންގެ އަދަދަކީ 180 އެވެ. އެ އަދަދު 27 ވަނަ ދުވަހު ވަނީ 180 އަރާފައެވެ.

އަދި އިއްޔެގެ ނިޔަލަށް 192 މީހަކު ވަނީ ބަލި ޖެހިގެން އެޑްމިޓްކޮށްފައިވާއިރު އިއްޔެ އެކަނިވެސް 114 ދިވެހިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދަކީ 7،469 އެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 4،873 އެވެ. އިއްޔެ ބަލިން ރަނގަޅު ވި މީހުންގެ އަދަދަކީ 182 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293