twitterviber whatsapp telegramfacebookyoutube instagram
1st July 2025

މިދިޔަ ތިން ދުވަހު ކޮވިޑްގެ އަދަދު ދަށަށް

ޚަދީޖާ އާދަމް
Sep 9, 2020

ރާއްޖޭގެ ކޮވިޑް ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އޮގަސްޓުމަހު ތެރޭގައެވެ. ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އޮތް ފުރަބަންދު އުވާލުމާއި ގުޅިގެން ރިކޯޑު އަދަދަކަށް ކޮންމެ ދުވަހަކުވެސް މީހުން ޕޮޒިޓިވް ވަމުން އަންނަ އިރު ވޭތުވެ ދިޔަ ތިން ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ.

އެގޮތުން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 74 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 15 ބިދޭސީންނެވެ. އިއްޔެ ކޮވިޑުން 105 މީހަކު ވަނީ ރަނގަޅުވެފައެވެ. އިއްޔެ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން 11 ކޭސްއަކީ އަތޮޅުތެރޭގެ ކޭސްތަކެވެ.

މިމަހު 7 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 83 މީހުންނެވެ. އެއީ 61 ދިވެހިންނާއި، 22 ބިދޭސީންނެވެ. ޕޮޒިޓިވްވި ތަކުން އެއް ކޭސްއަކީ އަތޮޅުތެރޭގެ ކޭސްއެކެވެ. 6 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ 98 މީހުނެވެ.

ވޭތުވެދިޔަ 3 ދުވަހު އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ. އިއްޔެގެ ނިޔަލަށް އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދަކީ 139 އެކެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 1،096 މީހުން ތިބިއިރު މިހާތަނަށް މި ބަލިން 6،157 މީހަކު ވަނީ ރަނގަޅުވެފައެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު 8،741 އަރާފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި މި ވަގުތު ތިބީ 2،549 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355