ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ދެ ބަލިމީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ 11 މީހުންގެ ތެރެއިން ފަސް މީހަކު ތިބީ އައިސީޔޫގައިކަމަށެވެ.
މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ ޑީއެޗް 11 ގައި އައިސީޔޫގައި ތިބި ދެމީހުންނަށާއި،
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބި 111 މީހުންގެ އިތުރުން ޑީއެޗް16 ގައި ހަތަރު މީހަކަށާއި ޑީއެޗް 20 ގައި އެކަކަށް އަދި ޕްރައިވެޓް ވޯޑު 5 ގައި ދެ މީހަކަށެވެ.
މީގެ އިތުރުން އޭދަފުށި މެޑިކަލް ފެސިލިޓީގައި އެކަކަށް ފަރުވާދެމުން އަންނައިރު ގދ ވިލިނގިލި މެޑިކަލް ފެސިލިޓީގައި 4 މީހަކަށް އަދި ލ.ގަން މެޑިކަލް ފެސިލިޓީގައި ދެ މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދާ މިހާރު ބައްޔަށް ފަރުވާދެމުންދަނީ 2،509 މީހުންނަށެވެ. އޭގެ ތެރެއިން 1034 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު، ހޮސްޕިޓަލުތަކުގައި ތިބީ 127 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންހެ ޖުމްލަ ވަނީ 8،834 އަށް އަރައިފަ އެވެ. ޖުމްލަ 6،288 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 31 މީހަކު ވަނީީ ބަލީގައި މަރުވެފަ އެވެ.