twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ހިރިމަރަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޚަދީޖާ އާދަމް
Sep 17, 2020

ހދ ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި 59 އަހަރުގެ ފިިރިހެނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޓެސްޓު ހެދުމަށް އިއްޔެ ނެގި ސާމްޕަލްއިންނެވެ. އެމީހާއާއި އެކު އިތުރު 3 މީހުން އެގޭގައި ކަރަންޓީން ވެފައި ތިބި އިރު އަނެއް 3 މީހުންގެ ސާމްފަލް ނެގެޓިވްއެެވެ.

ޕޮޒިޓިވްވި މީހާގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަ އިރު މިހާރު އެމީހާ ހުރީ އެގޭގައި ވަކިން ކަރަންޓީންކޮށްފައެވެ. އަދި އަނެއް 3 މީހުންގެ އިތުރު 14 ދުވަހަށް ވަނީ ކަރަންޓީންކޮށްފައެވެ.

މާލެއިން ރަށްރަށަށް ދާ މީހުންނަށް ރަށުތެރެއަށް ނިކުމެވެނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ކޮވިޑް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293