twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކުޅުދުއްފުއްޓަށް އަރައި ފޭބުން މަނާކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 25, 2020
4

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މިކަމާ ގުޅިގެން މިރޭ 8:45 ފެށިގެން ކުޅުދުއްފުއްޓަށް އަރައި ފޭބުން ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަނާކޮށްފައި އެވެ.

މޮނިޓަރިންއަށް ލާފައިވާކަން އަންގައި މިރޭ ކުޅުދުއްފުށީ ކައުންސިލަށް އެޗްޕީއޭއިން އެނގި ލިޔުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަން ދެން ރަށުން ފޭބުމާއި ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

އަދި ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ. ހދ. އަތޮޅުގައި މިވަގުތު ކޮވިޑް-19 އެކްޓިވް ކޭސްއެއް އިނީ އެ އަތޮޅު ހިރިމަރަދޫގައި އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355