twitterviber whatsapp telegramfacebookyoutube instagram
16th April 2024

ދިއްދޫއިން އިތުރު މީހަކު ޕޮޒިޓިވްވެ އަދަދު 8 އަށް

އަބްދުލް ވާހިދު ޙަސަން
Oct 9, 2020
1

ހއ ދިއްދޫއިން އިތުރު މީހަކު ޕޮޒިޓިވްވެ، ތިލަދުންމަތީގެ ޕޮލިސް ކްލަސްޓާގެ އަދަދު 8 އަށް އަރައިފި އެވެ. މިއީ މި ކްލަސްޓާގައި ދިއްދޫއިން ޕޮޒިޓިވްވި ހަތަރު ވަނަ މީހާ އެވެ.

ދިއްދޫއިން މިރޭ ޕޮޒިޓިވްވެފައިވަނީ ކުރިން އެރަށުން ޕޮޒިޓިވްވި ތިން ފުލުހުންގެ ތެރެއިން އެކެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އެއީ އެތަނުން އެއް ފުލުހެއް އަންހެނުންނެވެ. މިއީވ ކްލަސްޓާގައި އާންމު މީހަކު ޕޮޒިޓިވްވި ފުރަތަމަ މީހަ އެވެ.

މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކާ ކޮންޓެކްޓްވެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އޭގެ ފަހުން ހަމަ އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކުވެސް ޕޮޒިޓިވްވި އެވެ. އަދި ށ ފޯކައިދޫގައި މަސައްކަތްކުރާ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފައި އެވެ.

މި ކްލަސްޓާއާ ގުޅުން ހުރި 137 ސާމްޕަލް ތިން އަތޮޅުން ވަނީ ނަގާފަ އެވެ. މީގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 8 މީހުންނެވެ. މި ވަގުތު މި ކްލަސްޓާ ޕޮޒިޓިވްވެފައި ވަނީ ކުޅުދުއްފުށިން 2 މީހުންނާއި ކުރިނބީން މިހަކާއި ދިއްދޫއިން 4 މީހުން އަދި ފޯކައިދޫން މީހަކު އެވެ. މިއީ މުޅިންވެސް މާލެއިން އައި ފުލުހުންނާ ކޮންޓެކްޓްވެފައިވާ ފުލުހުންނެވެ.

ޕޮލިސް ކްލަސްޓާއާ ގުޅިގެން ކުޅުދުއްފުށީގެ އިތުރުން 9 ރަށަކުން ވަނީ ޑައިރެކްޓް ކޮންޓެކުޓުގެ ގޮތުގައި މީހުން ފާހަގަ ވެފައެވެ. އެއީ ހދ ކުރިނބީ، ށ އަތޮޅުން ފުނަދޫ، މިލަންދޫ، ފޯކައިދޫ އަދި ކަނޑިތީމެވެ. އަދި ހއ އަތޮޅުން ދިއްދޫ، ހޯރަފުށި އަދި ބާރަށެވެ.

މާލޭން އައި ފުލުހުންތަކަކާ ކޮންޓެކްޓްވެ ބޮޑު ތިލަދުންމަތީގައި މަސައްކަތްކުރާ 7 ފުލުހަކުގެ އިތުރުން، އާއްމު އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގައި މިހާތަނަށް 180 މީހަކު އެކަހެރިކޮށްފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355