twitterviber whatsapp telegramfacebookyoutube instagram
6th September 2026

އޭޑީކޭގެ ނޮދަން ޑިސްޓިބިއުޝަން ސެންޓަރުގެ އާ އިމާރާތެއް އަޅާނެ ބަޔަކު ހޯދަނީ

Oct 12, 2020

ކުޅުދުއްފުށި ސިޓީގައި ހުންނަ އޭޑީކޭ ނޮދަން ޑިސްޓިބިއުޝަން ސެންޓަރުގެ އާ އިމާރާތެއް އަޅާނެ ބަޔަކު ހޯދަން އެ ކުންފުނިން ހުޅުވާލައިފި އެވެ.

އޭޑީކޭގެ ނޮދަން ޑިސްޓިބިއުޝަން ސެންޓަރު ކުޅުދުއްފުށީގައި ހުޅުވީ 2013 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެވެ. އެތަނުގައި އެ ކުންފުނިން ރާއްޖެއަށް އެތެރެކޮށް ވިއްކާ މުދަލާއި ބޭސް ފިހާރައެއްގެ އިތުރުން އޭޑީކޭގެ ހޮސްޕިޓަލްގެ ކޯލް ސެންޓަރުވެސް ހިންގަ އެވެ.

އޭޑީކޭ ކޮމްޕެނީގެ މުވައްޒަފަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ކުންފުނީގެ ނޮދަން ޑިސްޓިބިއުޝަން ސެންޓަރުގެ އާ އިމާރާތެއް ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވާ ކަމަށާ މިހާރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ކުރިން އެ ސެންޓަރު ހިންގަމުންގޮސްފައިވަނީ އަމީނީމަގުގައި ހުންނަ އަމިއްލަ މީހެއްގެ ދެ ބުރީގެ އިމާރާތެއްގައި އެވެ. ހަތަރު ބުރިއަށް ހަދައި އާ އިމާރާތް އަޅަން ނިންމާފައިވަނީ ބަންޑާރަމަގު، ހޮސްޕިޓަލް ކައިރީގައި އެވެ.

އޭޑީކޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ހަތަރު ބުރީގެ އިމާރާތެއް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު 25 ވަނަ ދުވަހު 14:00 ގެ ކުރިން ކޮމްޕެނީގެ ޕްރޮފައިލާއި ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ އަދި މެނޭޖިންގ ޑިރެކްޓަރު އަދި ހިއްސާދާރުންގެ ތަފްސިލާއެކު [email protected] މެއިލްކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355