twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގެސްޓްހައުސް ހުންނަ ރަށްތަކުން ކަރަންޓީން ނުވެ ދަތުދުކުރެވެނީ ވަކި ހާލަތްތަކެއްގައި

ނަބީލާ އިސްމާޢީލް
Oct 13, 2020

ގެސްޓްހައުސްގެ ހިދުމަތްދޭ ރަށްރަށުން އެ ހިދުމަތް ނުދޭ ރަށްރަށާއި ދެމެދު ދަތުރުކުރެވޭނީ ވަކި ހާލަތްތަކެއްގައި ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި، އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ސިއްހީ ހިދުމަތެއް ހޯދުމަށް، އާއިލާގެ މެންބަރަކު ބަލިވެގެން ޒިޔާރަތް ކުުރުމަށް، ބޭންކްގެ ހިދުމަތް ހޯދުމަށް، ރަށްރަށުގައި ހައްދާ ތަކެތި ނުވަތަ ބޭނުންވާ ޒަރޫރީ ތަކެތި ވިއްކުމަށް ރަށަކަށް ދިއުމަށް، ބައެއް ހާލަތްތަކުގައި ކޯޓަށް ހާޒިރުވުމަށް އަދި ސްކޫލަށް ދިއުމަށް ދެރަށް ދެމެދުގައި ކުރާ ދަތުރުތަކެވެ.

ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށަކުން ގެސްޓްހައުސް އޮޕަރޭޓް ނުކުރާ ރަށަކަށް އާންމު އުސޫލުން ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖޭހޭ ގޮތަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އަދި ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްރަށުގައި އަމަލުކުރަންޖެހޭ ގައިޑްލައިންއެއް ވަނީ އެކުލަވާލާފައެވެ.

މި ގައިޑްލައިންއަށް ރައްޔިތުން އަހުލުވެރިކުރުމުގެ މުހިއްމު ކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވަނީ ގައިޑްލައިން ތަންފީޒުކުރާނެ ގޮތްތައް ރާވާ ރަނގަޅަށް މޮނިޓަރ ކުރުމަށް ޓާސްކްފޯސްތަކަށް ގޮވާލައްވާފައެވެ. މި ޓާސްކްފޯސްތަކަކީ ގެސްޓްހައުސްތައް ހުޅުވަން ހުއްދަދޭ ރަށްރަށުގައި އެކުލަވާލަންޖެހޭ ޓާސްކްފޯސްއެކެވެ.

މި މަހުގެ 15 ވަނަ ދުވަހު އަތޮޅުތެރޭގައި ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަ ދިން ނަމަވެސް މާލޭ ސަރައްހައްދުގައި ގެސްޓްހައުސްތައް ހުޅުވާނެ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

އުސޫލުގައި ބުނެފައިވާގޮތުން ގެސްޓްހައުސްގެ ހިދުމަތްފެށުމުގެ ހުއްދަ ދެނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ. އަދި މި ހިދުމަތް ފެށުމަށް ހުއްދަ ދޭނީ، ރަށުގައި ފްލޫ ކުލިނިކާއި، ކަރަންޓީން ފެސިލިޓީ އާއި، އަދި ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީތައް ގާއިމުވެފައި ހުންނަ ރަށްތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355