twitterviber whatsapp telegramfacebookyoutube instagram
6th September 2026

ރިސޯޓް މުވައްޒަފުންނަށް އާންމު ސިއްހަތާގުޅޭ ތަމްރީނު ޕްރޮގުރާމެއް ބާއްވައިފި

ނަބީލާ އިސްމާޢީލް
Oct 13, 2020

ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ރިސޯޓު މުވައްޒަފުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ސިއްހީ މާހިރުންނަށް އާންމު ސިއްހަތާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި އެވެ.

މި ޕްރޮގުރާމަކީ ކޮވިޑް-19ގެ ހާލަތުގައި ފަތުރުވެރިންގެ ރައްކާތެރިކަން އިތުރުކުރުމަށާއި އާންމު ސިއްހަތާ ގުޅޭގޮތުން ތަމްރީނު ދިނުމަށް އޮންލައިންކޮށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި ސިލްސިލާގެ ހަތަރުވަނަ ޕްރޮގްރާމުގައި 137 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އާންމު ސިއްހަތުގެ ރައްކާތެރިކަން ދެމެހެއްޓުމާއި ބަލިފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަހުލުވެރިވުމަކީ މުހިންމު ކަމެއްކަމަށެވެ.

ހަމައެއާއެކު ބޯޑަރު އަލުން ހުޅުވާލާފައިވަނީ ވެސް އާންމު ސިއްހަތުގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލައިގެންކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ވަޒީފާގެ މާހައުލުގައި ވެސް ބަލިފެތުރުން ވީހާވެސް މަދު ކުރެވޭނެ ގޮތްތަކަށް އަމަލު ބަހައްޓަން ޖެހޭ ކަމަށެވެ.

މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ތަމްރީން ޕްރޮގްރާމުގައި މިކަންކަމާ ގުޅޭ ފަންނީ މައުލޫމާތު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފަ އެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން ސިއްހީ މިންގަނޑުތަކަށް ފެއްތުމަށް "ކޮންޕްލަޔަންސް އޮފިސަރ ތަމްރީން ޕްރޮގުރާމް" އެއް ޓޫރިޒަމް މިނިސްޓްރީން ދާދިފަހުން ވަނީ ލޯންޗްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355