twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ އިތުރު ދެ ބިދޭސީއަކު ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Oct 15, 2020
3

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ކޭޓަރިންގެ މަސައްކަތުގައި ހަރަކާތްތެރިވާ އިތުރު ދެ ބިދޭސީއަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކާނިވަލް ކޮމްޕެނީގެ މި އެންމެންނަކީވެސް ބިދޭސީންނެވެ. މާލޭން ތިލަދުންމައްޗަށް އައި ފުލުހުންތަކަކާ ކޮންޓެކްޓްވެ ފުލުހެއް ކޮވިޑަށް ޕޮޒިޓިވްވުމުން، ގިނަ އަދަދެއްގެ ފުލުހުން ވަނީ ޓެސްޓްކޮށްފަ އެވެ.

ބެލެވޭގޮތުގައި މިއީވެސް އެ ކްލަސްޓާއާ ގުޅުން ހުރި ފަރާތެކެވެ. އެހެންވުމުން މި ކްލަސްޓާއާ ގުޅުން ހުރި އަދަދު މިހާރު މިވަނީ 11 އަށް އަރާފަ އެވެ.

އޮފިޝަލަކު ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ރޭންޑަމް ސާމްޕަލްތަކެއް މިހާރު ނަގަން ނިންމާފައިވާ ކަމަށާ އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293