twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑް ކޭސްތަކާ ގުޅިގެން އެޗްއީއޯސީގެ ހާއްސަ ޓީމެއް ކުޅުދުއްފުއްޓަށް

އަބްދުލް ވާހިދު ޙަސަން
Oct 20, 2020
10

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ގެ ކޭސްތަކެއް ފެންނަމުންދާތީ ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ހާއްސަ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ނިންމައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ ނިންމެމުމުގެ މަތިން މިއަދު ވަނީ އެކަމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައްޓަވާފަ އެވެ. އެގޮތުން ކުޅުދުއްފުށީ ދެ ދާއިރާގެ މެމްބަރުން ހިމަނައި މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

މައުލޫމާތު ލިބޭގޮތުގައި ކުޅުދުއްފުއްޓަށް ފޮނުވަން ހަމަޖެހިފައިވާ އެޗްއީއޯސީގެ ޓެކްނިކަލް ޓީމުގެ އޮފިޝަލުން މާދަމާ މިރަށަށް ވަޑައިގަންނަވާނެ އެވެ.

މިބައްދަލުވުމާ ގުޅޭގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވީ، ކުޅުދުއްފުށިސިޓީ ގައި ކޮވިޑް-19 ފެތުރޭތީ އެޗްއީއޯސީގެ ހާއްސަ ޓީމަކުން އެކަމާބެހޭ ކަންކަން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން އެކަމުގެ އަމަލީ މަސައްކަތްތައް ވަނީ ފަށާފައިވާ ކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދެއްވާނެކަމަށް އިދާރާތަކުން ބުނެފައިވާކަމަށް ޔާސިރު ވިދާޅުވި އެވެ.

ދާއިރާގެ ލޮބުވެތި ރައްޔިތުން، މިއަދު އެޗް.އޯ.އީ.ސީގެ ބައްދަލުވުމުގައި އަޅުގަނޑު ބައިވެރިވިން، ކުޅުދުއްފުށިސިޓީ ގައި...

Posted by Yasir Abdul Latheef on Tuesday, October 20, 2020

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާކަމަށާއި ރައްޔިތުން ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޒަރޫރީ ހާލަތެއްގައި ބޭރަށް ނުކުންނަ ނަމަ މާސްކް އަޅައި ގައިދުރުކަން ބެހެއްޓުމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގް ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355