twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކުޅުދުއްފުށިން އެންމެ ފަހުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް

Oct 20, 2020
1

ކުޅުދުއްފުށީ ސިޓީން އެންމެ ފަހުން ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ނެގި ހުރިހާ ސާމްޕަލްވެސް ނެގެޓިވްކަމަށް އެޗްއީއޯސީން ބުނެފި އެވެ. ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ފުލުހެއްގެ އާއިލާއެކެވެ.

އެއާއިލާގެ ހިމެނޭ ދިހަ އަހަރުގެ ދެ ކުދިންނާ 75 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކު ޕޮޒިޓިވްވި އެވެ. އަދި އެކަމާ ގުޅިގެން ރަށަށް އަރައި ފޭބުން މަނާކޮށް، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް ކުރިއަށްދިޔަ އެވެ.

އެޗްއީއޯސީން ބުނީ ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން 93 ސާމްޕަލެއް ނަގައި ޓެސްޓްކޮށްފައިވާ ކަމަށާއި އެ ހުރިހާ ސާމްޕަލްތަކެއްވެސް ނެގެޓިވްކަމަށެވެ. އޮފިޝަލް ވިދާޅުވީ، އެ ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 93 މީހުންވެސް ޓެސްޓްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ސެކަންޑަރީ ކޮންޓެކްޓުންވެސް ހިމެނޭ ކަމަށެވެ.

ފޮލިސް ކްލަސްޓާއާ ގުޅިގެން އެޗްއީއޯސީން ބުނެފައިވަނީ ކުޅުދުއްފުށީގަައި ލޯކަލް ޓްރާންމިޝަނެއް ހިނގާފައިވާ ކަމަށެވެ. އަދި އެހެންވުމުގެ ސަބަބުން ހާއްސަ ސަމާލުކަމެއްދީގެން އެޗްއީއޯސީން އަންނަނީ ކަންކަން ބަލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355