twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކުޅުދުއްފުށީގައި ބޭރަށް ނުކުމެ އުޅޭއިރު މާސްކް އެޅުން މަޖުބޫރު: އެޗްއީއޯސީ

Oct 21, 2020
2

ކުޅުދުއްފުށި ސިޓީގައި ބޭރަށް ނުކުމެ އުޅޭއިރު މާސްކް އެޅުން މަޖުބޫރުކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، މިހާރު އޮތީ ލޯކަލް ޓްރާންސްމިޝަނެއްގެ ހާލަތުގައި އެވެ. އެއީ އެކްލަސްޓާއެއްގެ ތެރޭގައި ބަލި ފެތުރުމެވެ. އެހެންވުމުން ކުޅުދުއްފުށީ ޓާސްކް ފޯސްއާއި އެޗްއީއޯސީ ގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޭއޯއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ވިދާޅުވީ، ބަލި ފެތުރޭ ރަށްތަކުގައި މާސްކް އެޅުން މަޖުބޫރުވާނެ ކަމަށާއި އެހެންވުމުން ކުޅުދުއްފުށީގައި ބޭރަށް ނުކުމެ އުޅޭއިރު މާސްކް އަޅަން މަޖުބޫރުވާނެ ކަމަށެވެ.

މިވަގުތު ކުޅުދުއްފުށީގައި ހުންނެވި ނަޒްލާ ވިދާޅުވީ، މާސްކް އަޅައިތޯ ފުލުހުން ބަލަމުންދާނެ ކަމަށެވެ.

މިރޭ ބޭއްވި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވެފައިވަނީ ބޭރަށް ނުކުންނަށް ޖެހިއްޖެ ނަމަ މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ބޭނުމެއް ނެތްގޮތުގައި ބޭރަށް ނުކުމެ ނޫޅުމަށް މައުރޫފް ވަނީ އިލްމާސްކުރައްވާފަ އެވެ.

މިމަހު 18 ވަނަ ދުވަހު ކުޅުދުއްފުށިން ފެނުނު ކޮވިޑް-19 ގެ ހަތަރު ކޭސްއާ ގުޅިގެން ގިނަ ސާމްޕަލްތަކެއް ވަނީ ނަގާފައި އެވެ. އެގޮތުން ޕްރައިމަރީ ކޮންޓެކްޓުންނާއި ސެކަންޑަރީ ކޮންޓެކްޓުންވެސް ސާމްޕަލްތައް ނަގައި ވަނީ ޓެސްޓްކޮށްފައި އެވެ. އެގޮތުން އެ ކޭސްތަކާ ގުޅިގެން ނެގި 78 ސާމްޕަލާއި 120 ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައި އެވެ.

އެކަމަކު އެޗްއީއޯސީ ބުނީ ސާމްޕަލްތައް ނެގެޓިވްވިޔަސް މިއީ ލުއިދޭންވީ ވަގުތެއް ނޫން ކަމަށާއި ކުރިއަށްއޮތް 14 ދުވަހު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އެގޮތުން ބޭރަށް ނުކުމެ އުޅުމުގައި މާސްކް އެޅުން މަޖުބޫރު ކަމަށާއި އަދި ގައިދުރުކަން ބެހެއްޓުމަށް އެދުނެވެ. އަދި ބޭރުގައި އުޅުމަށްފަހު އެނބުރު ގެއަށް ވަންނައިރު ރަނގަޅު ސައިބޯނި ލައިގެން އަތްދޮވުމަށްވެސް އިލްތިމާސްކުރި އެވެ.

ކުޅުދުއްފުށީގައި މިވަގުތު އެޗްއީއޯސީގެ ޓެނިކަލް ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ބަލި ކޮންޓްރޯލްކުރުމުގައި ކުޅުދުއްފުށީގައި ޓާސްކްފޯސްއާއެކު ދަނީ މަސައްކަތްތައްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355