twitterviber whatsapp telegramfacebookyoutube instagram
5th May 2024

އުސޫލާ ހިލާފަށް ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ ހުއްދަ ބާތިލްކުރަނީ

ނަބީލާ އިސްމާޢީލް
Nov 5, 2020

ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން އާންމު ކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ރިސޯޓުތަކާއި ގެސްޓު ހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ބާތިލު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އަލުން ހުޅުވުމަށް ނިންމާފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އެ މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.

ސާކިއުލާގައި ބުނެފައިވަނީ ގައިޑް ލައިންތަކާއި އެެއްގޮތަށް ގިނަ ތަންތަނުން ހިދުމަތް ދެމުން އަންނައިރު، ބައެއް ތަންތަނުން ގައިޑް ލައިންތަކަށް އަމަލު ނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ގައިޑް ލައިންތަކާއި އެއްގޮތަށް އަމަލު ކުރާ ފަރާތްތައް ފާހަގަކުރާ ކަމަށް ވެސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އެފަދަ އެސްއޯޕީ ތަކާއި ގައިޑްލަންތައް އެކުލަވާލާފައިވަނީ އެތަން ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިންގެ އިތުރުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށް އެފަދަ ގައިޑްލަންތަކަށް އަމަލު ކުރުން އެއީ މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.

ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އެޗްޕީއޭގެ އުސޫލާ ހިލާފުވާކަން ދެން ފާހަގަ ކުރެވޭ ނަމަ މި ހާލަތުގައި އެތަނެއް ހުޅުވަން ދީފައިވާ ހުއްދަ ވަކި މުއްދަތެއް ނެތް ގޮތަށް ބާތިލު ކުރާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން ދިނެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ވަކި އުސޫލަކަށް އަމަލުކުރާ ގޮތަށް ރިސޯޓުތައް ހުޅުވީ މިދިޔަ ޖުލައި މަހު އެވެ. ލޯކަލް ޓޫރިޒަމަށް ގެސްޓު ހައުސްތައް ހުޅުވީ މިދިޔަ މަހު އެވެ. މިތަންތަން ހުޅުވާފައި ވަނީ އުސޫލާ އެއްގޮތަށް ކަންކަން އިންތިޒާމު ކޮށްފައިވޭތޯ ބެލުމަށް ފަހު، ގަވާއިދަށް ހުރި ރިސޯޓުތައް ވަކި ހުއްދައެއްގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355